މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ ބައެއް އިންތިޚާބުތަކުގެ ވޯޓުލުން ފަށައިފިއެވެ.
އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ނައިބު ރައީސާ އާއި ޒުވާނުންގެ ހިތްވަރުގެ މަޤާމުތަކުގެ އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދަނީ މިއަދު މެންދުރުފަހު 2:00 އިން 6:00 އަށް ކަމަށެވެ.
އެމްޑީޕީ ޒުވާނުންގެ ގޮފީގެ ރައިސް މީކާއިލް ނަސީމް ވިދާޅުވީ އެމްޑީޕީ ހަރުގޭގައި އާއި ރަށްރަށުގައި ކަނޑައެޅިފައިވާ ވޯޓްލާ މަރުކަރުކަޒު ތަކުގައި ވޯޓުލުން ކުރިއަށްދާ ކަމަށާއި، ފާއިތުވި ގަޑިއިރުގެ ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ.
މީކާއިލް ވިދާޅުވީ ޒުވާނުންގެ ގޮފީގެ އިންތިޚާބުގައި ގާތްގަނޑަކަށް 15 ވަރަކަށް ކެންޑިޑޭޓުން ބައިވެރިވާ ކަމަށާއި، އަންހެނުންގެ ރޫހުގެ ނައިބް ރައީސާއަކަށް ކުރިމަތިލައްވާފައިމިވަނީ އެންމެ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެމަގާމު ކާމިޔާބު ކުރެވޭނީ އެންމެ ދަށްވެގެން 10 އިންސައްތަ ވޯޓު ލިބިގެންނެވެ.
މީކާއިލް ވިދާޅުވީ ވޯޓުލުމުގެ ސުންގަނޑި ހަމަވާތާ ގާތްގަނޑަކަށް އެއްގަޑިއިރު ފަހުން ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުން އެތެރޭގެ އިންތިޚާބަކީ ހަމަ ޕާޓީގެ އޮނިގަނޑު ހަރުދަނާ ކުރުމަށް އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއް. އެހެންވީމަ ވީހައި ވެސް ގިނަ ޒުވާނުން މިކަމަށް ސަމާލުވެލައްވާ ހަމަ މިވޯޓުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." މީކާއިލް ވިދާޅުވިއެވެ.
މި އިންތިހާބުގައި ވޯޓު ލެވޭނީ ހަމައެކަނި ޕާޓީގެ އެ ގޮތްޕެއްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.