މި ސަރުކާރުގެ ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ބުރާސްފަތި ދުވަހު އައްޑޫއަށް ވަޑައިގަންނަވައިފިއެވެ.
މިނިސްޓަރު އައްޑު އަށް ވަޑައިގެންނެވީ މިއަދު (ބުރާސްފަތި ދުވަހުގެ) މެންދުރުގެ ވަގުތެއްގަ އެވެ.
އަމީން އައްޑު އަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އެގޮތުން ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ސްޓާފުންނާ ބައްދަލު ކުރައްވައި، މި ވަގުތު ހޮސްޕިޓަލްގެ މަސައްކަތް ހިނގަމުންދާ ގޮތާއި ހުރި ދަތިތަކާއި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ވެސް ވަނީ އޮޅުންފިލުއްވާފައެއެވެ.
Minister of health @ameenex and team meet with the general staff of Hithadhoo Regional Hospital and listened to urgent issues and staff concerns pic.twitter.com/F0684XWui3
— Min of Health_mv (@MoH_mv) December 6, 2018
އެޗްއާރްއެޗްގެ އިތުރުން ހިތަދޫގައި ސިމްޑީ ގްރޫޕުން ހިންގާ ހޮސްޕިޓަލް އައިއެމްޑީސީ އަށް މިއަދު ހަވީރު (ބުރާސްފަތި ދުވަހުގެ ހަވީރު) ވަޑައިގެން އެތަނުގެ މަސައްކަތް ވެސް ކުރިއަށްދާ ގޮތަށް މިނިސްޓަރު އަމީން ވަނީ ބައްލަވާލައްވައިފަ އެވެ. ދެ ދުވަހުގެ މުއްދަތަށް އައްޑު އަށް ހެލްތު މިނިސްޓަރު ކުރައްވާ ދަތުރުގައި އައްޑޫގެ ޕަބްލިކް ހެލްތުގެ މަސައްކަތްތަކަށް ހާއްސަކޮށް މަރަދޫފޭދޫގައި ގާއިމުކޮށްފައިވާ ދަމަނަވެއްޓަށާއި މަރަދު އާއި ފޭދޫ ސިއްހީ މަރުކަޒަށް ވަޑައިގެން އެތަންތާގެ މުވައްޒަފުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.
ހުކުރު ދުވަހު މިނިސްޓަރު އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރެއްވުމަށް ފަހު، އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު ގައި މިހާރު ގާއިމު ކުރަމުން އަންނަ 100 އެނދުގެ އާ ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާނެ އެވެ. މީގެ އިތުރުން ހުކުރު ދުވަހު އައްޑޫ ސިޓީގެ ބައެއް ރައްތަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ. އަދި މި ދަތުރުފުޅަށްފަހު ހުކުރު ދުވަހު ހަވީރު އެނބުރި މާލެ ވަޑައިގަންނަވާނެއެވެ.