ބުދަ ދުވަހު މާލޭ ސިޓީ އަށް ކުރި ވިއްސާރައި ގައި ހާލުގައި ޖެހިގެން މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ގެ ބެލުމުގެ ދަށަށް ގެންދިޔަ އާއިލާތަކުގެ ތެރެއިން އެ ސެންޓަރުގެ ބެލުމުގެ ދަށުގައި މިވަގުތު ތިބީ އެންމެ އާއިލާ އެއް ކަމަށް އެ ސެންޓަރުން ބުނެފިއެވެ.
ބުރަސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިޒާސްޓާ މެނޭޖްމަންޓްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ އިހްސާން ހަސަން ވިދާޅުވީ ބުރަސްފަތި ދުވަހުގެ ހެނަދުނާއި ހަމައަށް އެ ސެންޓަރުގެ ބެލުމުގެ ދަށުގައި ދެ އާއިލާ އެއް ތިބި ކަމަށާއި އެތަނުން އެއް އާއިލާ ގެއަށް ބަދަލު ކުރެވޭ ހާލަތަށް ދިއުމުން ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ސެންޓަރުގެ ބެލުމުގެ ދަށުގައި ވާ އާއިލާއަށް ގެއަށް ނުވެދެވި ވަނީ އެ ގެގޭ ނަރުދަމާގެ ބްލޮކެއް އުޅޭތީ ކަމަށެވެ.
އަދި އެމްޑަބްލިއުއެސްސީ އާއި އެކު އެ މައްސަލަ ހައްލު ކުރެވުނުހައި އަވަހަކަށް އެ އާއިލާ ވެސް ގެއަށް ބަދަލު ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
"މިއަދު ހެނދުނާއި ހަމައަށް ދެ އާއިލާ އެއް ބެލެހެއްޓިން. އެކަމަމު އެއް އާއިލާ ގޭގެ ހާލަތު ރަނގަޅުވުމުން ގެއަށް ވާނީ ބަދަލުކޮށްފަ" ހިސާން ވިދާޅުވިއެވެ.