ބުދަ ދުވަހު މާލެއަށް ބޯކޮށް ވާރޭވެހި ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގެއްލުންވެފައިވާތީ ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ގެތަކަށް ޒިޔާރާތް ކުރައްވަން ފައްޓަވައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ގެތަކަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް މިނިސްޓަރު އާތިފާ މިއަދު ހެނދުނު ބައެއް ގެތަކަށް ޒިޔާރަތް ކުރި ކަމަށާއި، އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ބައެއް އާއިލާތަކާއި ބައްދަލުކޮށް ހާލު ބައްލަވާފައިވާ ކަމަށެވެ.
މީގެ އިތުރަށް އެމިނިސްޓްރީން ބުނީ ވިއްސާރާގައި ގެއްލުންވި އާއިލާތައް ވީހައި ވެސް އަވަހަށް އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކުރާ ކަމަށާއި، މަސައްކަތް ކުރިއަށްދާ ގޮތް ވެސް މިނިސްޓަރު ބައްލަވާލާފައިވާ ކަމަށެވެ.
Minister Ms. Aminath Athifa today visited yesterday's rain and flood stricken houses in Male', to witness the damages first hand. pic.twitter.com/AB51zlfhgR
— housing.gov.mv (@HousingGovMv) December 6, 2018
މާލޭގައި ފެން ބޮޑުވެ، ދެ އާއިލާއެއްގެ 20 މީހަކަށް ވަނީ ވަގުތީ ހިޔާވަހިކަން ގެސްޓުހައުސްއަކުން ވަނީ ފޯރުކޮށްދީފައެވެ. މެދުކެނޑުމެއް ނެތި މާލެއަށް ބުދަ ދުވަހު ވެހުނު ވާރޭގައި އެންމެ ބޮޑެތި ގެއްލުންތަކެއް ވެފައި ވަނީ މާފަންނު ސަރަހައްދަށެވެ. އެގޮތުން އެ ސަރަހައްދުގެ ގެތަކަށާއި ގުދަންތަކަށާއި ފިހާރަތަކާއި ކެފޭތަކަށް ފެން ވަދެ، އަގުބޮޑެތި މުދާތަކަށް ވަނީ ގެއްލުންވެފައެވެ.