މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން ހިލްމީ ބުދަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހިލްމީ ހައްޔަރުކުރީ ބައުންސް ޗެކްތަކެއްގެ މައްސަލައިގައެވެ.
ހިލްމީ ހައްޔަރުކުރިއިރު މިދިޔަ އަހަރު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޭނާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ހިލްމީ ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެއްބަސްވިގޮތަށް އެފައިސާ ހިލްމީ ދެއްކި ކަމެއް އެނގިފައެއް ނުވެ އެވެ.
ހިލްމީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައިވަޒީރުކަން ވެސް ކުރެއްވި ބޭފުޅަކަށްވާއިރު، އޭނާއަކީ ރާއްޖޭގައި ބައެއް ރިސޯޓުތައް ހިންގާ ސަންލޭންޑް ހޮޓެލްސް އެއް ހިއްސާދާރެވެ.
ހިލްމީ ހައްޔަރުކުރި މައްސަލާގައި ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.