ހުރިހާ ރަށަކަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ސިއްހީ ދާއިރާއިން 100 ދުވަސްތެރޭ ކުރަން ނިއްމަވާފައިވާ ކަންތައްތަކުގެ މައުލޫމާތު ދިނުމަށް ބުދަ ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ސިޔާސަތު ތަންފީޒް ވެގެން ދާއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ސިޔާސަތުގެ ތެރެއިން ޜާއްޖޭގެ ހުރިހާ ރަށަކަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ދިނުމުގެ އިތުރުން އެމެޖެންސީ ކެއާގެ ވަރުގަދަ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރާނެ ކަމަށެވެ. އަދި މިނިޒާމް ގާއިމް ކުރުމާއި އެކު ނޭޝަނަލް އެމްބިއުލާންސްގެ ޚިދުމަތްވެސް ގާއިމް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ . މިޚިދުމަތަކީ އެއް ނަމްބަރަށް ގުޅާލީމަ ރައްޔިތުންނަށް ބޭނުންވާ އެންބިއުލާންސް ގެ ޚިދުމަތް ފޯރު ކޮށްދެވޭނެ ނިޒާމެކެވެ.
މުޅި ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާވެ ރައްޔިތުން ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ލިބިގެނެއްނުދާނެ. އަތޮޅުތަކުގެ ރައްޔިތުންނަކީ އަބަދު ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭ ބަޔަކަށް ވެގެން ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އަމީން ވިދާޅުވީ ކުއްލި ފަރުވާ ދެޥޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރެޥޭނެ ކަމަށެވެ .އެގޮތުން ތަމްރީނާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި މިނިޒާމްގެ ތެރެއިން ފޯރުކޮށްދެވިގެން ދާނެކަމަށެވެ.
އަމީން ވިދާޅުވީ ސީއްހީ ދާއިރާގައި ޚިދުމަތް ދޭއިރު އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއްކަމަށާއި އެގޮތުން މާލެއަށާއި އަތޮޅު ތަކުގައި ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި ނަރުހުން ވަޒީފާތަކަށް ތަމްރީން ކުރަމުން ގެންދާއިރު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކާއި ފަންނީ ގާބިލްކަން އިތުރު ކުރުމުގެ ޕްރޮގްތައް ކުރިއަށް ދާއިރު އަދި ކައުން ސިލްތަކާއި ގުޅިގެން ކުރަން ޖެހޭ ހުރި ހާކަމެއް ކުރާއިރުވެސް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލް ތަކާއި މަޝްވަރާ ކުރެޥޭނެ ކަމަށެވެ.