Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2017 | ބުރާސްފަތި 03:13
ސަރުކަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، އޭނާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފަ -- ފޮޓޯ:ސަމާހު
ސަރުކަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، އޭނާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފަ -- ފޮޓޯ:ސަމާހު
އަޒުމޫން އަހުމަދު
ރިޔާސީ އިންތިހާބު
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމާއި ވެސް މަޝްވަރާކުރެއްވި
މަޝްވަރާކޮށްފައި ވަނީ ކޮންކަމަކާއި ގުޅެގޮތުން ކަމެއް ހާމަކޮށްފައެއް ނުވޭ
ބައްދަލުވުމުން ކުރިއަށް ގެންގޮސްފައި ވަނީ ލަންޑަނުގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ބައްދަލު ކުރައްވައިފިއެވެ.

އިނގެރޭސިވިލާތުގެ ލަންޑަނަން އާދީއްތަ ދުވަހު ވަޑައިގެން ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޖަމީލާއި އިދިކޮޅު ފަރާއްތަކާއި ބައްދަލުކޮށްފައި ވަނީ ބުދަ ދުވަހު (މިއަދު) އެވެ.

ބުދަ ދުވަހު އުމަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރީގެ ނައިބް ރައީސް ޖަމީލާ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެކު ކާމިޔާބު ބައްދަލުވުމެއް ބާއްފާއިވާކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމާއި ސޮބާހު ރަޝީދާ ވެސް ބައްދަލުކުރިއެވެ.

އެހެންނަމަވެސް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު މަޝްވަރާކޮށްފައި ވަނީ ކޮންކަމަކާއި ގުޅެގޮތުން ވިދާޅުވެފައެއް ނުވެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއުކޮށް، އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޖަލަށްލިއިރު، ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި އުމަރު ނަސީރު ވަނީ މަޤާމުން އިސްތިއުފާދެއްވުމަށްފަހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފަ އެވެ. އަދި އެއާއެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވުމުގެ މަސައްކަތް އުމަރު ނަސީރު ފައްޓަވާފައިވެއެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށެވެ.

އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މުޒާހަރާތައް ރޫޅާލާއި، ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީވެސް އުމަރު ހޯމަ މިނިސްޓަރަކަށް ހުންނެވިއިރުގަ އެވެ. ހޯމް މިނިސްޓަރަކަށް ހުންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލެވުނުގޮތަށް ތާއީދުކޮށް ވާހަކަދެއްކެވި އުމަރު ނަސީރު ވަނީ މަޤާމުން އިސްތިއުފާދެއްވުމަށްފަހު ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ސުވާލު އުފެދޭގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް