ގއ. ވިލީގިލީގައި ހުންނަ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސަގައި އަނިޔާވި ދެ ފުލުހުންގެ ތެރެއިން އެކަކު ދޫކޮށްލާ، އަނެއްމީހާ އަދިވެސް ފަރުވާ އަށް އެޑްމިޓް ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގއ. ވިލިގިލީގައި ހުރި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުން ދަނިކޮށް އަނިޔާ ލިބިފައިވާ ދެ ފުލުހުންގެ ތެރެއިން ކޮނޑު ހުޅުން ނެއްޓި އަނިޔާ ލިބިފައިވާ ފުލުސްމީހާ ފަރުވާ އަށްފަހު ދޫކޮށްލާފައި ވާކަމަށާއި އަދި ފިހިފައިވާ މީހާއަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން އަދިވެސް ފަރުވާ ދެމުން ދާކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައި ހިނގި އަލިފާނުގެ ހާދިސާގައިޒަހަމްވި ދެ މީހުންނަކީވެސް ވެސް އަލިފާން ރޯވިއިރު، އެތަނުގައި ނިދާފައި ތިބި ދެ މީހުންނެވެ.
ވިލިނގިލީގައި ހުންނަ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގައި އަލިފާން ރޯވީހޮނިހިރު ދުވަހުގެ ޜޭ ދަންވަރު 1:45 ހާއިރު އެވެ. އަލިފާން ނިއްވާލެވުނީ ފަތިހު 5:00 ހާއިރު އެރަށުގެ ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުންނެވެ.
އަލިފާނުގެ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމަތު ދެއެވެ.