އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ޕާޓީގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އެއްވެސް ފުށުއެރުމެއް ނެތްކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާ ގޮތުން ރައީސް ނަޝީދުގެ ބާރެއް މިހާރު ޕާޓީގައި ނެތްކަމަށް އޮންލައިން ނޫސް "މިހާރު"ގައި ލިޔެފައިވާ އާޓިކަލްއެއް ލިންކް ކުރައްވައި އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަސާސީ ޤަވާޢިދާއި އެއްގޮތަށް، އަދި ދެފުށް ފެންނަ ގޮތަށް، ޕާޓީގެ އެކިއެކި ގުނަންތަކުގެ މަޝްވަރާއާއިއެވެސް އެކު ހިންގާ ޕާޓީއެއްކަމަށެވެ.
MDP akee asaasee qawaidha ehgothah,adhi dhefuh fenna gothah,adhi party ge eki eki gunanthakuge mashvara aa ves eku hinga party eh.
— ???????? ????? (@Imthiyazfahmy) December 3, 2018
Raeesul jumhooriyya aai Party ge Raees aa dhebeyfulhunge dhauru adhaakurehvunves egothah higanee,ehves fushu erumeh nethi,asaasee qawaidha ehgothah. https://t.co/gab4H1jnP6
އަދި ރައީސުލްޖުމްހޫރިއްޔާއާއި ޕާޓީގެ ރައީސާއި ދެބޭފުޅުންގެ ދައުރު އަދާކުރުންވެސް ހިނގަނީ އެގޮތަށް، އެއްވެސް ފުށުއެރުމެއް ނެތި އަސާސީ ޤަވާޢިދާއި އެއްގޮތަށްކަމަށް އިންތި ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި އެޕާޓީގެ ބޭފުޅަކު ހުންނެވިނަމަ އެއީ ޕާޓީގެ އެންމެ އިސް މީހާއެވެ. އަދި އިދިކޮޅުގައި އޮންނަ އިރު އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސެވެ.