ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ޒިޔާރަތް ކުރައްވައިފި އެވެ.
އާދިއްތަ ދުވަހު ޑިފެންސް މިނިސްޓަރު ކަސްޓަމްސް ސަރވިސް އަށް ކުރެއްވި މިޒިޔާރަތުގައި ކަސްޓަމްސްގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ.
އެގޮތުން މިބައްދަލު ކުރެއްވުމުގައި ކަސްޓަމްސް އިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު އޮޅުން ފިލުވުމާއި, ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. މިހާރުން މިހާރަށް ހައްލު ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާއިރު، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމާއި ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމާއި ހަވާލުވެލެއްވުމަށް ފަހު މާރިޔާ ގެންދަވަނީ މައްސޫލިއްޔަތު އަދާކުރެއްވުމަށް ކަމާއި ބެހޭ އިދާރާތަކަށް ވަޑައިގެން، ހާލަތު ބައްލަވަމުންނެވެ.