ނ. މާނަދޫ ނެރު މައްޗަށް މުދާ އުފުލާ ބޯޓެއް އުރި އަޑިއަށް ހިނގެއްޖެ އެވެ.
މާލެއިން ފުރައިގެން ނ. މާޅެންދޫ ޕެލިކަން ނަމަކަށް ކިޔާ އެ ބޯޓް މުދާ ބޭލުމަށްޓަކައި މަނަދޫ އަށް ވަންނަ އުޅުމުގެ ތެރޭގައި ނެރު މައްޗަށް އެރީ ރޭ ފަތިހު އެވެ.
އެ ބޯޓަށް ދިޔަވެ، މުދަލާއެކު ވަނީ އަޑިއަށް ގޮސްފަ އެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއިއެކު އެމްއެންޑިއެފް ނޮދަން އޭރިޔާ ލޯންޗް އެ ސަރަހައްދަށް ދިޔައިރު ފުލުހުންނާއި ނ. މަނަދޫ ރައްޔިތުން ގުޅިގެން ބޯޓުން ދަތުރުކުރި މީހުން މަނަދޫއަށް ވަނީ ބާލައިފަ އެވެ. އަދި މުދާތައް ވެސް ދަނީ މަނަދުއަށް ބާލަމުންނެވެ.
މަނަދޫ ކައުންސިލްގެ މެމްބަރު ޢަލީ ރަޝީދު ރާއްޖ އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަގު ބޮޑެތި މުދާތަށް ބޯޓުގައި އެބަހުރި ކަމަށާއި ބޯޓު ފެން މައްޗަށް ނެގުމުގެ މަސައްކަތް ރަށު ރައްޔިތުންގެ އެހީތެރިކަމާއެކު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.
އާންގާރަ ދުވަހު ރ. ހުޅުދުއްފާރުން ފުރައިގެން މާލެ ދަތުރުކުރި "އަލްމާސް" ނަމަކަށް ކިޔާ ބޯޓު އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީއެވެ