އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ ބައިނަލްއަގުވާމީ މަޝްހޫރު ވަކީލު ޖެރަޑް ޖެންސަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް ސޯލިހާއި ހުކުރު ދުވަހުގެރޭ ބައްދަލުކުރައްވަމުން ނަންގަވާފައިވާ ފޮޓޯ އަކާއި އެކު ޖެރަޑް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިން އަހަަރަށް ފަހު ރާއްޖެވަޑައިގެން ރާއްޖޭގެ އާ ރައީސް އިބުރާހިމް މުހައްމަދު ސޯލިހާއި ބައްދަލުވެވުނީތީ ނުހަނު އުފާކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނާއި ބައްދަލުކޮށްލެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް އޭނާ ވިދާޅުވިއެެވެ.
From “enemy of the state” to meeting the Maldives’ new President @ibusolih @presidencymv three years later. An honour and a privilege! pic.twitter.com/7oW710etun
— Jared Genser (@JaredGenser) November 30, 2018
ޖެރަޑް ވަނީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމްގައި ބައިވެރިވެވަޑައިގެން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައެެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު 13 އަހަރުގެ ޖަލުހުކުމުގެ މައްސަލަ ބޭރުގެ ގައުމުތަކާއި އދ. ގެ ސަމާލުކަމަށް ގެނައުމުގައި ޖެރަޑް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ޖެރަޑް ރާއްޖެ ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދު މިނިވަންވެވަޑައިގެންނެވި ދުވަހުގައެވެ.