ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 18:14
ކަސަބު ވިއުމުގެ ޕްރޮގްރާމްގެ ތެރެއިން
ކަސަބު ވިއުމުގެ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ކަސަބު ވިއުމުގެ ޕްރޮގްރާމް
ކަސަބު ވިއުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި
ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ 14 ދުވަހުގެ މުއްދަތަށް

ވިމެން އޮންޓަރޕްރިނިއާޒް (ވިއަމް) އިން ހިންގި ކަސަބު ވިއުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށްފިއެވެ.

ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށްފައި ވަނީ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 32 ބައިވެރިންނަށް ވަނީ ސެޓްފިކެޓްތައް ހަވާލުކޮށްފައެވެ.

ކަސަބު ވިއުމުގެ ބޭސިކް ޓްރެއިނިންގ ޕްރޮގްރާމު އެ އެސޯސިއޭޝަންގެ ފަރާތުން ކުރިއަށް ގެންގޮސްފައި ވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިއަމްގެ ޗެއަރ ޝާއިރާ ސަލީމް ވިދާޅުވީ މި ޕްރޮގްރާމް އަށް މީހުން އަހުލުވެރިކޮށް ޓްރެއިނިންގ ފެށުމަށް މަސައްކަތް ކުރައްވާތާ ދެ އަހަރުވެއްޖެ ކަމަށާއި އާންމުންގެ ފަރާތުން މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ކަސަބު ވިއުމަކީ ރާއްޖޭގައި ވަރަށް ބޮޑަށް ނެތެމުންދާ މަސައްކަތަކަށް ވާއިރު އެ މަސައްކަތް އާލާ ކުރުމަކީ ޕްރޮގްރާމްގެ އެންމެ ބޮޑު އެއް މަޤްސަދު ކަމަށް ޝާއިރާ ފާހަގަކުރެއްވިއެވެ.

ވިއަމް އަކީ ވިޔަފާރީގެ ދާއިރާ އަށް އަންހެނުން ނެރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން ވަނީ އަންހެނުން ގޭގައި ތިބެގެން ކުރާ ހުނަރުވެރި މަސައްކަތްތައް ދައްކާލުމަށްޓަކާއި އެކި ޕްލެޓްފޯމްތައް ވެސް ޤާއިމްކޮށްދީފައިވާ ޖަމިއްޔާއެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް