ދިވެހިރާއްޖޭގައި ހިލޭ މަތީ ތަޢުލީމަށް ކިޔެވޭނެގޮތް ހަމަޖެހިގެންދިޔުމަކީ، ތަޢުލީމީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔަގެ ނައިބު ވަދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކާ ދައްކަވަމުން ނައިބު ރައީސް ވަނީ އެ ކޮލެޖުން ދަސްވެނިވުނު ހުރިހާ ފަރާތްރަކަށް ތަހުނިޔާ ދަންނަވާފައެވެ. އަދި އިތުރަށް ވިދާޅުވީ ކޮންމެ ދަރުވަރަކުވެސް އެ ދަރިވަރެއްގެ ދާއިރައިން ގައުމަށް އިޙްލާސްތެރި ހިތިމަތްތަކެއް ކޮށްދެއްވާނެކަން ޔަގީން ކުރާ ކަމަށެވެ.
ގައުމުގައި މިހާރު ހުރި މައްސަލަތަކުގެ ހައްލަކީ ތައުލީމު އުނގެނި، އަދި ތައުލީމު އުނގަންނައިދޭ މީހުން ކުރާ މަސައްކަތް ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރަކީ މަތީ ތައުލީމަށް ހާއްސަ އަޙައްމިއްޔަތު ކަމެއް ބަހައްޓާނެ ސަރުކާރެއް ކަމުގެ ޔާގީންކަން ދެއްވަމުން އެ ބޭފުޅާ ވިދާޅުވީ ސަރުކާރުގެ ފަރާތުން ތަމްރީނުތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަށް ހިންގުމަށް ރާވާފައިވާ ކަމަށެވެ.
މި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ، ހިލޭ މަތީ ތައުލީމަށް ކިޔެވުމުގެ ވައުދު ފުއްދުމުގެ ގޮތުން، އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ވެސް ވަނީ ހިމަނާފައެވެ.