އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ އެކްސަސައިޒް "ޖައްރާފާ 2018" ފަށައިފިއެވެ.
ބުރާސްފަތި ދުވަހު ކަޅުތުއްކަލާކޮށީގައި ބޭއްވި މިޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގެވެ.
އެމްއެންޑީއެފުން ބުނީ މި އެކްސަސައިޒް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ ގެ އިތުރަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސީނިއަރ އޮފިސަރުންނާއި ފަޔަރ ފައިޓަރުންވަނީ ބައިވެރިވެފައެވެ.
މި ތަމްރީނުތަކަކީ އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ސިފައިން ޙަރަކާތްތެރިވާނެ ގޮތްތަކާއި، އަލިފާން ނިއްވުމުގައި ބޭނުންކުރާ އާލާތްތަކާއި އުކުޅުތަކަށް ސިފައިން އަހުލުވެރިކުރުމަށް ބާއްވާ ތަމްރީންތަކެކެވެ.