ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 16:47
ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިންކަމުގެ ލިޔުން ހަވާލު ކުރަނީ
ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިންކަމުގެ ލިޔުން ހަވާލު ކުރަނީ
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
އިތުރު ސިޔާސީ ޕާރޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި
ސިޔާސީ ޕާރޓީއެއް އުފެއްދުމަށްޓަކައި ތިންމަސް ދުވަހުގެ ތެރޭގައި ތިންހާސް މީހުން ހަމަކުރަންޖެހޭނެ
ސަރުކާރުން ސިޔާސީ ޕާރޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ 10000 މީހުން ހަމަވާ ޕާރޓީތަކަށް

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށެވެ.

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ކުރީގެ ނައިބު ރައިސް އިސްމާއިލް އާސިފަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާރޓީއެއް އުފެއްދުމަށްޓަކައި ތިންމަސް ދުވަހުގެ ތެރޭގައި ތިންހާސް މީހުން ހަމަކުރަންޖެހޭނެ ކަމަށާއި އަދި ސަރުކާރުން ސިޔާސީ ޕާރޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ 10000 މީހުން ހަމަވާ ޕާޓީތަކަށް އެކަނިކަމަށް އަކްރަމް ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ސިޔާސީ ޕާޓީއެއް އުފައްދަން ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް އީސީން ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީކުރަންޖެހޭ ކަންކަން ކޮށްފައިނުވާތީ، އެ ކޮމިޝަނުން ވަނީ ދެ ވަނަ ފަހަރަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީ ކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީ އެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭ އެވެ.

 

- ކޮމެންޓް