ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނުރަސްމީ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.
މިއީ މިފަހުން އެމްޑީޕީގެ ޤައުމީ މަޖިލިސް ނުރަސްމީކޮށް ބައްދަލުކުރި ދެވަނަ ފަހަރެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމާއި ގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ. އެހެންނަމަވެސް އޭގެ ތަފްޞީލެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
Gaumee Majlis ge Nurasmee bahdhaluvumeh kuriah dhanee. pic.twitter.com/F3HlyRG6DC
— MDP Secretariat (@MDPSecretariat) November 29, 2018
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވާފައި މިވަނީ އެމްޑީޕީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އަނެއް 3 ލީޑަރުންނާއި މަޝްވާރަކުރެއްވުމަށްފަހު އެވެ. ލީޑަރުންގެ ބައްދަލުވުމުގައިވެސް މަޝްވަރާކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ގުޅިގެން ވާދަކުރުމާއި ގުޅޭ ގޮތުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްޑީޕީއިން ވަނީ ހުކުރު ދުވަހު އެޕާޓީއިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް ރަސްމީކޮށް އިއުލާންކޮށްފައެވެ.
ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސް ނަޝީދެވެ.