ހޮނިހިރު ދުވަހުން ފެށިގެން ސިވިލް ކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.
ސިވިލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ގޮތުގެ މަތިން ހޮނިހިރު ދުވަހުން ފެށިގެން 20 ޑިސެންބަރު 2018 އަށް ސިވިލް ކޯޓު އޮންނާނީ ރިސެސްގައެވެ.
ރިސެސްގެ މުއްދަތުގައި އާންމުގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަ ބަލައިގަތުމާއި، ކޯޓުގެ އިދާރީ ޚިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތަކެވެ. ރިސެސްގެ މުއްދަތުގައި ވެސް މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޒީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.
ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރ މަހުގެ ފުރަތަމަ 20 ދުވަހެވެ.