ލިބިލައްވާ އެންމެ ބޮޑު އުފަލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހައްގު ބަސް ބުނުމުގެ ފުރުސަތު ދެއްވާތީ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އިހްސާސް ކުރެވޭ އެންމެ ބޮޑު އުފާވެރި ކަމަކީ ހައްގުބަސް ވިދާޅުވުމުގައި ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ދިއުން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތް އިރު ހައްގު ބަސް ވިދާޅުނުވާ ގިނަ ބޭފުޅުން މިހާރު ބަސް ވިދާޅުވަމުން ގެންދާކަމީ ރައީސް ސޯލުގެ ވެރިކަން ރަނގަޅު ކަން ކަމަށް އިޔާޒު ވިދާޅުވިއެވެ.
Miadhu ihsaas kurevey enme bodu ufaaveri kamakee Haggu bas vidhaalhuvumugai gina bayaku masakkaiy kuraa kameve. kureege Sarukaaru oiy irugai baheh vidhaalhu nuvaa gina beyfulhun kolheh miadhu bas vidhaalhuvamun gendhaa kamee @ibusolih ge verikan ragalhu kameve.
— Dr Mohamed Iyaz (@dr_iyaz) November 28, 2018