ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މަސައްކަތު ގަޑި މެންދުރު ފަހު 3:00ގައި ނިމޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެއޮފީހުގެ ރަސްމީ މަސައްކަތު ގަޑި2 ޑިސެމްބަރުން ފެށިގެން ނިމޭނީ މެންދުރުފަހު 3 ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. ނަމަވެސް މިހާރެކޭ އެއްގޮތަށް ރައީސް އޮފީހުގެ ރަސްމީގަޑި ފެށޭނީ ހެނދުނު 8:00 ޖަހާއިރު ކަމަށް އެއޮފީހުން މައުލޫމާތުދެއެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ރަސްމީ މަސައްކަތު ގަޑި އޮންނަނީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ. އަދި މިބަދަލު ގެންނެވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ރައީސް އޮފީހުގެ ރަސްމީ މަސައްކަތު ގަޑި 8:00 އިން 3:00 އަށް ބަދަލު ކުރި ނަމަވެސް ސިވިލްސާރވިސްގެ ރަސްމީ މަސައްކަތު ނިމޭ ގަޑިއަށް ބަދަލުގެނެސްފަ އެއް ނުވެއެވެ.