ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 16:42
 ކޯޓުން މި މައްސަލައިގައި މި ހަފްތާގެ ފަހުކޮޅު ގޮތެއް ނިންމާނެ
ކޯޓުން މި މައްސަލައިގައި މި ހަފްތާގެ ފަހުކޮޅު ގޮތެއް ނިންމާނެ
އަޒުމޫން އަހުމަދު
އެމެރިކާއަށް މުސްލިމުން ވަނުން
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
މައްސަލައިގައި ކޮންމެ ގޮތަކަށް ނިންމި ނަމަވެސް މައްސަލަ އެންމެ ފަހުން ނިމިގެން ދިއުމުގެ ފުރުސަރު އޮތީ ސުޕްރީމް ކޯޓުގެ ތެެރެއިން

ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުން އެއީ މުސްލިމުންނާމެދު ގެންގުޅެވޭ ތަފާތު ކުރުމެއްތޯ އިސްތިއުނާފު ކޯޓުން ސުވާލުކޮށްފިއެވެ.

މުސްލިމުންގެ އާބާދީ ބޮޑު ހަތް ގައުމަކުން އެމެރިކާއަށް ރެފިއުޖީންނާއި އެހެނިހެން މީހުން އެތެރެވުން ޓްރަމްޕްގެ އެގްޒެކްޓިވް އޯޑަރަކުންވަނީ މަނާކޮށްފައެވެ. އެކަން ހުއްޓުމަކަށް ގެނެވުނީ ފެޑެރަލް ކޯޓަކުން މިިދިޔަ ހަފްތާގައި ނެރުނު އަމުރާއެކުއެވެ.

ފަނޑިޔާރު ރިޗާޑް ކްލިފްޓަން ވަނީ އެމެރިކާ ސަރުކާރުގެ އަމުރުން ދުނިޔޭގެ މުސްލިމުންގެ އާބާދީގެ 15 އިންސައްތައަށް އަސަރު ކުރާއިރު އެއީ ތަފާތު ކުރުމެއްތޯ ސުވާލު ކުރައްވާފައެވެ.

 އެ ފަނޑިޔާރަކީ ސެންފްރެންސިސްކޯގައި މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރެވެ.

އެ ކޯޓުން މި މި މައްސަލައިގައި މި ހަފްތާގެ ފަހުކޮޅު ގޮތެއް ނިންމާނެއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދެ ފަރާތުންގެ ވަކާލާތުކުރުން ގަޑިއެއްހާއިރަށް ދެމިގެންދިއައެވެ.

އެމެރިކާގެ 9 ވަނަ ސާކިޓް ކޯޓުން އިސްތިއުނާފް މައްސަލައިގައި ކޮންމެ ގޮތަކަށް ނިންމި ނަމަވެސް މައްސަލަ އެންމެ ފަހުން ނިމިގެން ދިއުމުގެ ފުރުސަރު އޮތީ ސުޕްރީމް ކޯޓުގެ ތެެރެއިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް