މާލެއިން ފުރައިގެން ކ.ހުރާ ކައިރީގައި އޮންނަ ކުޑަ ވިލިނގިއްޔައް ދަތުރުކުރި ދޯންޏެއް ކ.ކަނޑުއޮށްގިރި ކައިރީގައި އޮތް ފަރަކަށް އަރައިފިއެވެ.
މުދާ އުފުލާ ދޯންޏެއް ކަމަށްވާ "ނާޒް" ފަރަށް އެރުމުގެ ހާދިސާގެ މައުލޫމާތު އެމް.އެން.ޑީ.އެފް ކޯސްޓްގާރޑްގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 07:55 ހާއިރުއެވެ. އަދި އެކަމާއި ގުޅިގެން ކޯސްޓް ގާރޑްއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް އެމް.އެން.ޑީ.އެފްއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
Male in Furaigen K.Huraa Kairee Onna Kuda Villingili ah Dhathurukuri "Naaz" Namakah Kiyaa Mudhaa Ufulaa Dhoanyeh K.Kanduoigiri Kairee Oi Farakah Erumaa Gulhigen MNDF Coast Guard in Eheetherikan Foarukohdheyn Fashaifi. pic.twitter.com/fZfGDuhICw
— MNDF (@MNDF_Official) November 28, 2018
65 ފޫޓްގެ މިދޯނި ފަރަށް އެރިއިރު ޖުމްލަ 3 މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ދިވެއްސަކާއި ދެ ބިދޭސީން ހިމެނޭކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމް.އެން.ޑީ.އެފް އިން ބުންޏެވެ..