ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ޑީޕާރޓްމެންޓް އޮފް މީޓީއޮލޮރޮޖިކަލް ސެންޓަރ އިން ބުނެފިއެވެ.
ރާއްޖޭގެ މޫސުމާއި ބޭހެ އިދާރާ އިން ކުރިއަށް އޮތް 24 ގަޑިއިރަށް މުސުން ލަފާކުރާގޮތަށް ބަލާއިރު ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ.
އަދި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި. ވައިޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށިގެންވާކަމަށް، އެ އިދާރާއިން ލަފާކުރެއެވެ.
މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓްއޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާއި ދެމެދުގެ މިންވަރަކަށް އުފުލޭނެކަމަށް އެ އިދާރާ އިން ލަފާކުރެއެވެ.
މީގެ އިތުރުން ބަނަ ފިނީގެ ސަބަބުން މާލެ ހިމެނޭ ސަރަހައްދުގެ އުޑުމަތި ބަނަވާނެ ކަމަށާއި އޭޝިއާ ބައްރުން ބޭރުވާ ދުމުގެ ސަބަބުން ރާއްޖެއަށް ބަނަފީނީގެ އަސަރުކޮށް މިކަމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދައްވާނެކަމަށް މެޓް އޮފިހުން ބުނެއެވެ. އަދި އެންމެ ބޮޑަށް ބަނަ ފިނީގެ އަސަރު ކަރަމުންދާނީ ރާއްޖޭގެ އުތުރާއި މެދު ތެރެއަށްކަމަށް އެއިދާރާއިން މައުލޫމަތު ލިބެއެވެ