ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެމްބަރުންނަށް ޕްރައިމަރީއަކާ ނުލާ ޕާޓީގެ ޓިކެޓް ދޭން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާނު އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ބެހޭ މުހިއްމު ބައްދަލުވުމެއް އަންގާރަ ދުވަހުގެ ރޭ ބާއްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ. ނިހާނުގެ ޓްވީޓުގައި ވިދާޅުވީ މިހާރު ތިއްބެވި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ބުދަދުވަހު ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބިދާނެ ކަމަށެވެ.
Special Meeting Happening with Party President Yamin Abdul Qayoom at Party Office Related to Parliament Issues and Election #2019. Some incumbent MP’s may receive Party Tkts tomorrow.
— Ahmed Nihan (@ahmed_nihan) November 27, 2018
ޕްރައިމަރީ އަކާ ނުލާ ޕީޕީއެމްގައި މިހާރު ތިއްބެވި ބައެއް މަޖިލިސް މެމްބަރުންނަށް ޓިކެޓް ލިބިދާނެކަމަށް ނިހާން ވިދާޅުވިއިރު އެޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ޖުމްހޫރީ ޕާޓީއަށާއި އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ތައްޔާރު ވަމުން ދަނީ 2019 ވަނަ އަހަރުގެ މާޗް މަހުތެރޭގައެވެ.