ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތަކާއި ދޫކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައި ވާއިރު، އާ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބުދަ ދުވަހު ހާމަކުރެއްވި ލިސްޓްގައި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން މިހާރު ތަރައްގީކުރަމުންދާ ރަށްތަކާއި ފަޅުތައް ދޫކޮށްފައިވާ ފަރާތްތައް ހާމަކޮށްފައިވެ އެވެ.
އެ ލިސްޓްގައިވާ ގޮތުން މިހާރު ވެސް ރާއްޖޭގައި 132 ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ހޮޓަލާއި ގެސްޓު ހައުސް ތަރައްގީ ކުރުމުގެ 18 މަޝްރޫއެއް ހިންގަ އެވެ.
ޓޫރިޒަމް މިނިސްޓްރީ ހިންގާނީ ދެފުށް ފެންނަ ގޮތަކަށް، އާންމުންނަށް ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް ހިއްސާކޮށްގެން ކަމަށް، މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.