ވިޔަފާރީގެ އުސޫލާއި ޚިލާފަށް ޕެޓްރޯލް ނުވިއްކުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
އަންގާރަ ދުވަހު ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިހާރަކަށް އައިސް ޕެޓްރޯލް ވިއްކުމުގެ އުސޫލާއި ޚިލާފަށް މާލެ އާއި ހުޅުމާލޭގައި ޕެޓްރޯލް ވިއްކުމާއި ޑެލިވަރީ ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިކަމަކީ ވިޔަފާރީގެ އުސޫލާއި ޚިލާފު އަދި ނުރައްކާތެރި ކަމަކަށް ވާތީ ޕެޓްރޯލްގެ ވިޔަފާރި އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
Mihaarakah ais Petrol vikkumuge usoola khilaafah Male’ & Hulhumale’ gai Petrol vikkumai delivery kuramundhaakanvany faahaga kurevifaeve. Veema mikamaky viyaafaareege usoolai khilaafu & nurakkaatheri kameh kamah vaathy petrol ge viyafaari migothah nukurumah ilthimaaskurameve.
— Maldives Police (@PoliceMv) November 27, 2018
ފުލުހުން މިގޮތަށް އިލްތިމާސް ކޮށްފައިވާއިރު މި ދުވަސް ވަރަކީ މާލެ އާއި ހުޅުމާލޭގައި ރޭގަނޑު ދަންވަރު ވަގުތު ތަކުގައި ގަވާއިދާ ޚިލާފަށް ގޭގޭގައި ވެސް ބޮޑު އަގުގައި ޕެޓްރޯލް ވިއްކަމުންދާ ދުވަސްވަރެކެވެ.
އަދި ދަންވަރުގެ ވަގުތު ތަކުގައިވެސް ޕެޓްރޯލް ޑެލިވަރ ކޮށްދިނުން ވަނީ އާންމު ކަމަކަށް ވެފައެވެ.