މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރަކަށް ތޮއްޔިބު މުހައްމަދު އަންގަރަ ދުވަހު ހަމަޖައްސައިފި އެވެ.
ތޮއްޔިބު އަކީ ރައީސް ސޯލިހްގެ ވެރިކަމުގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމަކަށް އައްޔަންކުރި ފުރަތަމަ ބޭފުޅާ އެވެ.
ރައީސް ސޯލިހްގެ ވެރިކަން ފެށުމުގެ ކުރިން، އިންތިގާލީ މަރުހަލާގައި، ކުންފުނިތަކުގެ ހާލަތު ދެނެގަތުމަށް އުފެއްދި ޓްރާންސިޝަން ކޮމެޓީގައި ވެސް ތޮއްޔިބު ވަނީ މަސައްކަތް ކުރައްވާފައެވެ.
ތޮއްޔިބު ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އަދި، އެމްއެމްޕީއާރުސީގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާފައެވެ.