ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރާމްނާތު ކޯވިންދްއާއި އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވެވި ބައްދަލުވުމުގެ ބައެއް ފޮޓޯއާއެކު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި އިންޑިއާގެ އެކުވެރިކަމުގެ އާޒަމާނަކަށް އަލިވިލިފައި ވާކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން ރައީސް ރާމްނާތު ކޯވިންދްއަށް ހެޔޮއެދުން ދެންނެވިކަމަށެވެ.
Honoured to call on H E #PresidentKovind, President of India at Rashtrapati Bhavan. Conveyed the greetings and best wishes from H E President Ibrahim Mohamed Solih. A new era of Maldives-Indo friendship and cooperation is dawning! pic.twitter.com/fzqoqjunds
— Abdulla Shahid (@abdulla_shahid) November 27, 2018
އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރުކާރުން އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި އިސްކަންދޭ ކަންކަމުގައި އެހީވެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
Mr @abdulla_shahid, Foreign Minister of Maldives, called on #PresidentKovind at Rashtrapati Bhavan. The President stated that India supports the socio-economic development of Maldives and will work with the government of Maldives on its identified priorities. pic.twitter.com/yiUJeWNj1A
— President of India (@rashtrapatibhvn) November 27, 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވުމަށްފަހު ދެބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީއާއި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީން ގޮތުން އެއްބާރުލުން ދެއްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އިންޑިއާ އޮތްކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.
ރައީސް ކަމުގެ މާގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހު އަންނަ މަހުގެ 17 ގައި އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.
ފޮރިން މިނިސްޓަރ ޝާހިދާއި އެކު އިންޑިއާއަށް ވަޑައިގަތް ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއީލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙުމަދު ޚަލީލާއި، ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދެވެ.