ޓްރީޓޮޕް ހޮސްޕިޓަލްގައި ހިތާނުކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް އިން ބުނީ ހިތާނު ކުރުމަށް އަންނަ ކުދިންނާއި އެކުދިންގެ އާއިލާގެ ފަރާތުން މި ކަމަށް ވަރަށް ރަނގަޅު ތަރްހީބެއް ލިބެމުން އަންނަ ކަމަށެވެ. މި ޕްރޮގްރާމް ފަށާފައި މި ވަނީ ސްކޫލްތައް ބަންދުވެ، ސްކޫލް ކުދިންގެ ޗުއްޓީ ފެށުމާއި އެކުގައެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ހިތާނީ ޓީމްގައި އެންމެ އިސްކޮށް ހުންނަވަނީ ތަޖުރިބާކާރު ޑރ. އަބްދުﷲ އުބެއިދުއެވެ. މި ޓީމްގައި އައްސިކުރާ ގާބިލް ޑޮކްޓަރުންގެ އިތުރުން ތަޖުރިބާކާރު ނަރުހުން ވެސް ހިމެނެއެވެ. ޓްރީޓޮޕްގެ ހިތާނީ ޕެކޭޖްގައި ހިމެނެނީ އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު އަދި އައްސިކުރާ ޑޮކްޓަރަށް ދެއްކުން، ހިތާނުކުރުމަށް ކުރަންޖެހޭ ތަހްލީލުތައް ކުރުމާއި، ހިތާނުކުރުމަށް ކުރެވޭ ބޭސްފަރުވާ، ޑޭކެއަރ ޔުނިޓުގައި ބޭއްވުން އަދި ލުއި ކެއުމެއް ދިނުމެވެ. މީގެ އިތުރުން ގެއަށް ދޫކޮށްލުމަށްފަހު ޑޮކްޓަރަށް ދައްކަން ހަދާ ފުރަތަމަ ކޮންސަލްޓޭޝަން ހަދައި ދިނުން ވެސް ހިމެނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އަބަދު ވެސް މަސައްކަތް ކުރާނީ އަންނަ ހުރިހާ ކުދިންނަށް އުފާވެރި އަދި ހިތްފަސޭހަ މާހައުލެއްގައި ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ޓްރީޓޮޕްގެ އިތުރުން މާލޭގެ އެހެން ހޮސްޕިޓަލް ތަކުގައި ވެސް ކޮންމެ އަހަރެއްގެ ސްކޫލް ބަންދާއި ދިމާކޮށް ޚިތާނު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެއެވެ.