އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހިތަދޫ އަޝްރަފުމަންޒިލް ކިޔާ ގޭގައި އެވެ. އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 10:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތުދީފައި އެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެގޭގެ ކޮޓަރިއެއްގެ ތެރޭގައި އެވެ. އަދި އެ ހާދިސާގައި އޭގެގައި ހިފާ ގެންގުޅޭ ތަކެއްޗަކާއި ބައެއް ފަރުނީޗަރަށް ވަނީ ގެއްލުން ލިބިފައި އެވެ.
އަލިފާންގަނޑު އެމްއެންޑީއެފް އިން ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.