މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް ރައީސުލް ޖުމްހޫރިއްޔާ ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
މި ދެ ބޭފުޅުންނަށްވެސް މަޤާމުގެ ފަތްކޮޅު ދެއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ނީޒާ ޢިމާދެވެ. ނީޒާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓެންޓް ގަވަރުނަރުކަން އަދާކުރައްވާފައި އެވެ. ނަމަވެސް ގަވަރުނަރަކަށް ނީޒާ އައްޔަން ކުރެއްވުމަށްޓަކައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ފަހު އެ ނަން އަނބުރާ ގެންދެވުމުން ނީޒާ ވަނީ އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. ނިޒާ އަކީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީއަށް އައްޔަން ކުރެއްވި ފުރަތަމަ ސްޓޭޓް މިނިސްޓަރެވެ.
ކަލްޗަރ އެންޑް ހެރިޓޭކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގެވެ. އޭނާ ވަނީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ މަރުކަޒުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައި އެވެ. ތޯރިގުއަކީ އެ މިނިސްޓްރީއަށް އައްޔަން ކުރެއްވި ފުރަތަމަ ސްޓޭޓް މިނިސްޓަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ސްޕެޝަލް އެންވޯއީގެ މަގާމަށް ވެސް އައްޔަން ކުރައްވާފައެވެ.