ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައިވާ ކެބިނެޓުގައި އަންހެނުންގެ ބައިވެރިވުން ގިނަވުމުން އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޯޑާ އެކަމަށް ތައުރީފް ކުރައްވައިފިއެވެ.
އަންހެނުން ބާރުވެރިކުރުމުން ކުރިހޯދައިފާވަކަން ފާހަގަކޮށް ޝޯކޯ ނާޑާ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އައު ކެބިނެޓުގައި 32 ޕަރސެންޓް ހިމެނެނީ އަންހެނުން ކަމަށާއި، ދުނިޔޭގެ ނިސްބަތުން ބަލާއިރު 35-30 ޕަސެންޓް އަންހެނުން ހިމެނެނީ ޖުމްލަ 10 ގައުމެއްގައި ކަމަށެވެ. އަދި ކެބިނެޓްގައި ޖިންސީ ހަމަހަމަކަން ގާއިމްކޮށްފައިވަނީ އެންމެ 6 ގައުމެއްގައި ކަމަށް ފާހަގަކޮށްފައިވެއެވެ.
Women making big leap in Maldives! 32% of new cabinet is women. Globally only 10 countries have 30-35% of cabinet members as females, & only 6 countries has achieved gender parity in the cabinet. Looking fwd to seeing more female MPs nxt yr #ChooseWomen #WomenWOW
— Shoko Noda (@shokonoda) November 19, 2018
ރާއްޖޭގެ ކެބިނެޓްގައި ހިމެނޭ އަންހެން މިނިސްޓަރުންނަކީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ، އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއެވެ.