މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާން އަބްދުﷲ މީޑިއާ ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީއާއި ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު އިމްރާން މިޑިއާ ކައުންސިލާއި ބައްދަލުކުރެއްވީ ހޯމަ ދުވަހު މިނިސްޓްރީގައެވެ.
Minister of Home Affairs Imran Abdullah Media council ge beyfulhunaa bahdhalukuravaifi pic.twitter.com/ovMg8CnRuK
— Home Ministry, MV (@HomeMinistrymv) November 19, 2018
ހޯމް މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން މީޑިއާ ކައުންސިލްގެ މެމްބަރުން ބައިވެރި ވަޑައިގެންނެވި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ޝައިޚް އިމްރާން މަޤާމާއި ހަވާލުވެވަޑައިގެން މީޑިއާ ކައުންސިލާއި ބައްދަލުކުރެއްވުމަށް އިސްކަން ދެއްވިއިރު، މި މީޑީއާއަށް ފަހި މާހައުލެއްގައި މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ސޯލިހު ވަނީ މީޑިއާތަކަށް ދެއްވާފައެވެ.