ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް އަޙްމަދު ނަސީމް ޢައްޔަން ކުރައްވައި, ފަތްކޮޅު ދެއްވައިފިއެވެ.
ނަސީމަށް، މިނިސްޓަރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ ހޯމަ ދުވަހުގެ ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް އޮފީހުގެ މިނިސްޓަރުގެ ގޮތުގައި ނަސީމް އައްޔަނުކުރައްވާފައި ވަނީ ހާރިޖީ ދާއިރާގެ މަސައްކަތްތަކަށެވެ.
ނަސީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހާރިޖީ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭގެފަހުން ވެސް އެމްޑީޕީން ކުރިއަށް ގެންދިޔަ އެކި ހަރަކާތްތަކުގައި ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށް، މަޝްވަރާ ބައްދަލުވުންތައް ބޭއްވުމުގެ މަސައްކަތް ނަސީމް ކުރައްވާފައިވެއެވެ.
ނަސީމާއެކު، ރައީސް އޮފީހުގެ މިނިސްޓަރުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. މީގެ ކުރިން، ރައީސް އޮފީހުގެ މިނިސްޓަރަކަމަށް އަލީ ޝިޔާމް އަދި މިނިސްޓަރު ފެންވަރުގައި ޗީފް އޮފް ސްޓާފްގެ މަގާމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ރައީސް ސޯލިހު ވަނީ ހަމަޖައްސަވައިފައެވެ.