ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރެއްވުމަށްފަހު ރައީސް އޮފީހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އައްޑޫ ސިޓީގެ ކައުންސިލް އާއި، މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށް ފަހު ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ގިނަ ކަންތައްތަކާ ބެހޭ މަޝްވަރާކުރެވުނު ކަމަށާއި، އައްޑޫއަށް މިހާރު ދިމާވެފައިވާ މައްސަލަތަކާއި، ތަރައްގީއަށް ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި އައްޑޫއަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ މިވެރިކަމުގައި އައްޑޫގެ ތަރައްގީ ކުރައްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
Raees @ibusolih Raees ofeehah vadaigen beyvvevi furathama rasmee bahdhaluvun miadhu othee Addu city ge council aa MPs aa eku. Raees @ibusolih ge verikamehga Addu tharaqqee kuravvaane kamaamedhu alhugandu shakkeh nukuran. pic.twitter.com/hJBaTlJjLL
— ?? ??????? ???? (@Roxeyna) November 19, 2018
ރައީސް ސޯލިހުގެ ކެބިނެޓުގައި އައްޑޫ ބޭފުޅަކު ހިމެނިފައި ނުވާތީ އެކަމާ ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، އައްޑޫއަށް ނިސްބަތްވާ މީހުން އަންނަނީ ވަރަށް ބޮޑަށް ނުރުހުންފާޅު ކުރަމުންނެވެ. އަނެއް ބަޔަކު ބުނަމުންދަނީ އައްޑޫ އަށް ނިސްބަތްވާ ވަޒީރަކު ކެބިނެޓަށް އައްޔަންކުރުން ކޮންމެހެން މަޖުބޫރު ނޫން ކަމަށާއި ކެބިނެޓަކީ ކޮންމެ އަތޮޅަކުން ނުވަތަ ސިޓީއަކުން މަންދޫބުން ތިބެންޖެހޭ ތަނެއް ނޫން ކަމަށެވެ.