ރާއްޖެ ޓީވީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރ. ދުވާފަރުގެ ކަނބަލުންގެ ފަރާތުން ޖާފަތެއް ހަދިޔާ ކޮށްފިއެވެ.
ޖާފަތް ހަދިޔާ ކުރުމަށް ފަހު ކަނބަލުން ވަނީ ވޭތިވެދިޔަ ހަތް އަހަރު ރާއްޖެ ޓީވީގެ މުވައްޒަފުން ކުރަމުންމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.
އާންމުންގެ ފަރާތުން ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ދެމުންދާ ހިތްވަރު ފާހަގަކޮށް އެކަމަށް ރާއްޖެ ޓީވީގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރައްޔިތުން އެދޭ ފަދަ ރަނގަޅު ކޮންޓެންޓެއް ގެނައުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ޔަގީންކަން މެނޭޖްމަންޓުން ވަނީ ދީފައެވެ.
ރާއްޖެ ޓީވީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގިނަ ރަށްރަށުން ގެންދަނީ ރާއްޖެޓީވީ އަށް ހަދިޔާތައް ފޮނުވަމުންނެވެ.