ރާއްޖޭގެ އާ ފަތިހަކަށް އަލިވިލިގެންދިޔައިރު ލަންކާގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތަކާއި ދޭތެރޭ ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާއި ދޭތެރޭ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާ ފަތިހަކަށް އަލިވިލިގެން ދިޔައިރު ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތަކާއި ދޭތެރޭ ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދުގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ ސްރީލަންކާ އަށް ދިމާވެފައިވާ ހާލަތުން އެ ގައުމު އަރައިގަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ރާއްޖޭގެ ހާލަތު މިހާ ހިސާބަށް އައިސްފައި ވަނީ ސްރީލަންކާގެ އެހީ އާއި ތާއީދާއި އެކުގައި ކަމަށާއި، ސްރީލަންކާގެ ރައްޔިތުންނަކީ ދިވެހި ރައްޔިތުންނާއި ގާތް ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަ ނައިކަ ކުމާރަތުންގާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސް މުހައްމަދު ނަޝީދަކީ އަބަދު ވެސް ސްރީލަންކާ އާއި ގާތްގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.