ކ. މާލެ
|
7 ފެބްރުއަރީ 2017 | އަންގާރަ 15:52
އެއާ ފްރާންސުގެ ފްލައިޓެއް: ރާއްޖެ އަށް ހަފްތާއަކު ދެ ފަހަރު ދަތުރުކުރާނެ
އެއާ ފްރާންސުގެ ފްލައިޓެއް: ރާއްޖެ އަށް ހަފްތާއަކު ދެ ފަހަރު ދަތުރުކުރާނެ
ގޫގުލް
ފަތުރުވެރިކަން
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
 
ސީދާ ޕެރިހާއި މާލެއާ ދެމެދު
 
ހަފްތާއަކު ދެ ދަތުރު

މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖެއަށް ދަތުރުތަކެއް ފަށާނެ ކަމަށް ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސް އިން ހާމަކޮށްފި އެވެ.

 

އެއާ ފްރާންސްއާ ހަވާލާދީ، އޭވިއޭޝަން ޓްރިބިއުންގައި ބުނެފައިވަނީ ނޮވެމްބަރު މަހުން ފެށިގެން ހަފްތާއަކު ދެ ދަތުރު ރާއްޖެ އަށް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

 

އެ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ވެރިރަށް ޕެރިސްގެ ޝާލް ދި ގުލި އެއާޕޯޓުން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ 312 މީހުންގެ ޖާގައިގެ ބޯއިން 777-200 މަރުކާގެ ފްލައިޓެކެެވެ.

 

ރާއްޖެއަށް ފަށާ ދަތުރުތަކާ ގުޅޭ ގޮތުން އެއާ ފްރާންސްގެ ސީއީއޯ ފްރޭންކް ޓާނާ ވިދާޅުވެފައި ވަނީ ރާއްޖެއަށް ދަތުރުތައް ފެށުމުން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްތަކުގައި އެ ކުންފުނި ވަރުގަދަ ވެގެންދާނެ ކަމަށެވެ.

 

އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ކުރަން ހަމަޖެހިފައިވަނީ، ޕެރިހުން ރާއްޖެ އަށް ކޮންމެ ބުދަ ދުވަހަކާއި ހޮނިހިރު ދުވަހަކު އެވެ. އަދި ރާއްޖެއިން ޕެރިހަށް ފުރާނީ ކޮންމެ ބުރާސްފަތި ދުވަހަކާއި އާދީއްތަ ދުވަހަކު އެވެ.

 

ފްރާންސްގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުތަކެއް ކުރަން ހަމަޖެހިފައިވާއިރު، ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރު ވަނީ 7.3 އިންސައްތަ އިތުރުވެފަ އެވެ. މިދިޔަ އަހަރު ފްރާންސްގެ 40،487 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

 

ފްރާންސާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތަކެއް ފެށުމުން ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް