"ފިއްލޯރީ" ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން އެ ޓްރެއިލާ ބަލައިފި އެވެ.
ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރްމާ ޕްރޮޑިއުސްކޮށް، އެކްޓްކޮށްފައިވާ ފިލްމް "ފިއްލޯރީ" ގެ ފުރަތަމަ ޓްރެއިލާ ދައްކަން ފަށާފައި ވަނީ ހޯމަ ދުވަހު އެވެ.
މިޓްރެއިލާ ދައްކާލުމާއިއެކު ބޮލީވުޑް ސްޓާރުން މުޅި ސޯޝަލް މީޑިއާ އާއި ޓްވިޓަރގައި އަނުޝްކާ ކުޅެފައިވާ ރޯލަށް ވަނީ ތައުރީފް ކޮށްފައެވެ.
ޓްވިންކަލް ކަންނާއިން ފެށިގެން މަހީރާ ޚާން، ކަރަން ޖޯހަރު އަރުޖުން ރަމަޕާލް، ދިޔާ މިރްޒާ ވަނީ މި ޓްރެއިލާ ޝެއާކޮށް އަނުޝްކާއަށް ތައުރީފްކޮށް ވާހަކަ ދައްކަފައެވެ.
ނަމަވެސް އެންމެ ބެސްޓް ކޮމްޕްލިމެންޓެއް އަނުޝްކާއަށް ލިބިފައިވަނީ އޭނާގެ ފުރަތަމަ ފިލްމް "ރަބްނޭ ބަނާދީ ޖޯޅީގެ" ކޯ ސްޓާ ޝާޚްރުކް ހާންގެ ފަރަތުންނެވެ.
މި ޓްރެއިލާ ރިލީޒް ކުރުމާއި އެކު އަނުޝްކާ ވަނީ އޭނާއާއި އެކު ބަތަލެއްގެ ރޯލުން ފެނިގެން ދާ "އުޅުތާ ޕަންޖާބް" އިން ވިދާލި ޕަންޖާބީ ސުޕްރސްޓާ ދިލްޖިތު ދޮސަންޖް ފެނިގެންދާ ޕޯސްޓަރު ޓްވިޓާގައި ޝެއާކޮށްފައެވެ.
އަނުޝްކާ ޝެއާ ކޮށްފައިވާ ޕޯސްޓަރުގެ ކެޕްޝަން އަކަށް ޖަހާފައިވަނީ " ހިއާ ކަމްސް ދަ ބްރައިޑް... އިން ސްޕްރިޓް" އެވެ.
މި ފިލްމުގެ މުހިއްމު ރޯލަކުން "ލައިފް އޮފް ޕައި" ގެ ބަތަލު ސޫރަޖް ޝަރްމާ އާއި މެހްރީން ޕިރްޒަދާ ފެނިގެން ދާނެ އެވެ.
ރޫޚާނީ މީހެއް ގެ ގޮތުގައި "ޝާޝީ" ގެ ރޯލުން އަނުޝްކަ ފެނިގެންދާ ހެއްވާ މަޖާ ލޯބީގެ ތަފާތު ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އަންޝާއީ ލާލް އެވެ.
މި ފިލްމް ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ 24 ގަ އެވެ.