Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2017 | އަންގާރަ 00:15
ރައީސް މައުމޫން: އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާމެދު ސުވާލު އުފައްދަވާ
ރައީސް މައުމޫން: އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާމެދު ސުވާލު އުފައްދަވާ
މިހާރު
ރައީސް މައުމޫން
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
މައުލޫމާތު ހޯދުމަށް ޕީޕީއެމްއާ ގުޅިގެން ކުރިއަށް ދިއުމަށް އެދުނު

ރާއްޖޭގައި މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލު ކުރަން ދަތިކަމުގައި ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރައީސް މައުމޫން މިމޭރުމުން ވިދާޅުވީ އެމަނިކުފާނު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫން ހޯމަ ދުވަހު ކުރެއްވި ދެ ޓްވީޓެއްގެ ތެރެއިން ފުރަތަމަ ޓްވީޓްގައި ވިދާޅުވެފައިވަނީ "އިލެކްޝަންސް ކޮމިޝަންގެ ޢަމަލަތައް ހުންނަ ގޮތުން އެއީ މިނިވަން މުއައްސަސާއެއް ކަމުގައި ގަބޫލުކުރަން ދަތި" ކަމަށެވެ.

ފަހަކަށް އައިސް އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވަމުން ގެންދަވާ ރައީސް މައުމޫން ހޯމަ ދުވަހު ކުރެއްވި ދެވަނަ ޓްވީޓްގައި ވަނީ އެމަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުން ފޮނުއްވާފައިވާފައިވާ ސިޓީއެކެވެ.

ޖަވާބު ދިނުމުގެ ގޮތުން އެކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރައީސް މައުމޫން ހޯއްދަވަން އެދިވަޑައިގެންނެވި ލިޔެކިޔުންތަކަކީ ސިޔާސީ ޕާޓީގެ މައުލޫމާތަކަށް ވެފައި ސިޔާސީ ޕާޓީގެ މައުލޫމާތު ޢާއްމު ފަރާތްތަކާއި އެޕާޓީއެއްގެ މެންބަރުންނާއި އެޕާޓީގެ މަޤާމްތަކުގެ މެންބަރުންނަށާއި އެނޫންވެސް ފަރާތްތަކަށް ހިއްސާ ކުރައްވާނީ އެޕާޓީއަކުން ކަމަށްވާތީ އެދިވަޑައިގެންފައިވާ ލިޔެކިޔުންތައް ހޯއްދެވުމަށް އެޕާޓީއާ ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް