Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 23:00
އިންސާފްގެ ދަތުރުގައި ބޭނުންކުރި އުކުޅަހު ދޯންޏެއް: އުކުޅަހަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެއް
އިންސާފްގެ ދަތުރުގައި ބޭނުންކުރި އުކުޅަހު ދޯންޏެއް: އުކުޅަހަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެއް
ރާއްޖެ އެމްވީ
ރައީސް ނަޝީދު
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
އުކުޅަހު މީހުންގެ ހިތްވަރެއް ބައްޔެއް ނުވާނެ

ރާއްޖޭގެ އިސްލާހީ މަސައްކަތުގައި އއ. އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އިސްލާހުގެ މަސައްކަތުގައި އުކުޅަސް ރައްޔިތުންނަކީ ފެށުނީއްސުރެ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް ކަމަށާއި އުކުޅަހު މީހުންގެ ހިތްވަރެއް ބައްޔެއް ނުވާނެ ކަމަށެވެ.

އެމަނިކުފާނު މިމޭރުމުން ޓްވީޓް ކުރައްވާފައި މިވަނީ އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހެދި ކަމަށް ބުނެ  ކޯޓު އަމުރެއްގެ ދަށުން އަމުރެއްގެ ދަށުން އާދީއްތަ ދުވަހުގެ ރޭ އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މޫސާ ނައީމްއާއި އިތުރު ފަސް މީހުން ހައްޔަރުކޮށްފައިވަނިކޮށެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ އެރަށު ފުސްވިލާގޭ، އިބްރާހިމް ސުޒެއިނާއި، ރަތްވިލާގޭ އަބްދުﷲ ވާހިދު އަލީ، ވިންޓަރ ވިލާ، ސައުދުﷲ އިބްރާހިމް، ފެންފިޔާޒުގެ، ފިކުރީ ހަނީފްގެ އިތުރުން ފިނިފެން ބަގީޗާ، އަބްދުﷲ ސައީދުއެވެ.

ހުކުރު ދުވަހުގެ ރޭ އުކުޅަހު މަގުމަތީގައި މަހާނައެއް ހަދާފައިވަނީ ދާދި ފަހުން ޕީޕީއެމަށް ސޮއިކުރި އެމްޑީޕީގެ އެކްޓިވިސްޓް ޝިނާޒު މޫސާ ގޭގެ ދޮރުމަތީގައެވެ. 

އުކުޅަހަކީ އެމްޑީޕީގެ ތާއީދު ވަރަށްބޮޑު ރަށެކެވެ. އިންސާފްގެ ދަތުރުގައި ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ދަތުރު ކުރެއްވި ފްލީޓްގައި ހިމެނޭ ކަންނެލި ދޯނިތަކަކީވެސް އުކުޅަހުގެ ދޯނި ތަކެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް