ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 19:13
މަންތާ އެއަރ އިން ގަތް އޭޓީއާރް 600-72 މަރުކާގެ ބޯޓް
މަންތާ އެއަރ އިން ގަތް އޭޓީއާރް 600-72 މަރުކާގެ ބޯޓް
ކޯޕަރޭޓް މޯލްޑިވްސް
މަންތާ އެއަރ
މަންތާ އެއަރގެ ފުރަތަމަ މަތިންދާ ބޯޓް މާދަމާ ރާއްޖެ ގެންނަނީ!
އެއަރލައިންގެ އަމާޒަކީ ރަނގަޅު އަގެއްގައި އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުން
މަންތާ އެއަރގެ ދަތުރުތައް ފަށާނީ ޑިސެމްބަރު މަހުގެ ފަހު ކޮޅު

މަންތާ އެއަރ އިން ގަތް  އޭޓީއާރް 600-72 މަރުކާގެ ދެ މަތިންތާ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓް ހޯމަ ދުވަހު ގެނައުމަށް ނިންމައިފިއެވެ.

މި ބޯޓް ރާއްޖެ އަންނާނީ ހޯމަ ދުވަހުގެ ހަވީރުއެވެ. އަދި ދެވަނަ ބޯޓް ޑިސެމްބަރު މަހު އަންނާނެ ކަމަށް އެ އެއަރލައިން އިން ބުންޏެވެ.

މަންތާ އެއަރގެ މަތިންދާ ބޯޓް ރާއްޖެ ގެނައި ނަމަވެސް އެ އެއަރލައިންގެ ދަތުރުތައް ފަށާނީ ޑިސެމްބަރު މަހުގެ ފަހު ކޮޅުގައެވެ.

މަންތާ އެއަރގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް ވިދާޅުވީ ދަތުރުތައް ފެއްޓުމަށްޓަކައި މިހާރު އެ ކުންފުނިން މުވައްޒަފުން މަޤާމުތަކަށް އައްޔަންކޮށް ޓްރެއިނިންގްތައް ފަށާފައިވާ ކަމަށާއި އެ އެއަރލައިންގެ އަމާޒަކީ ރަނގަޅު އަގެއްގައި އާންމުންނަށް ހިދުމަތް ފޯރުކޮށް ދިނުން ކަމުގައެވެ.

މަންތާ އެއަރ އިން ބުނީ އެ ކުންފުނިން ގެންނަ ބޯޓުތަކުގެ ޖާގަ 62 ސީޓަށް މަދުކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ބޯޓުގެ ޖާގަ ބޮޑު ކުރުމަށް ކަމަށާއި ބިޒްނަސް ކުލާހާއި އިކޮނޮމީ ކުލާހުގައި ދަތުރު ކުރެވޭނެ ކަމަށް މަންތާ އިން ބުންޏެވެ.

އެ އެއަރލައިނުން ފުރަތަމަ ދަތުރު ފަށަނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީގެ އެއަރޕޯޓަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް