Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 21:06
ހޮލިޑޭ އައިލެންޑް ރިސޯޓް -- މަރުވި ބިދޭސީ މީހާގެ މައްސަލަ ތަހުޤީޤްކުރަމުން އަންނަކަމަށް ފުލުހުން ބުނޭ
ހޮލިޑޭ އައިލެންޑް ރިސޯޓް -- މަރުވި ބިދޭސީ މީހާގެ މައްސަލަ ތަހުޤީޤްކުރަމުން އަންނަކަމަށް ފުލުހުން ބުނޭ
ރާއްޖެ އެމްވީ
ދަންޖެހުން
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
މަރުވެފައި ވާކަން ފުލުހުން ކަށަވަރުކޮށްދޭ

ހޮލިޑޭ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު، ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މީހަކު ދަންޖެހިފައި ހުރިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހު (މިއަދު) މެންދުރުފަހު 2:45 ހާއިރުގައި ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު މައްސަލަ ތަހުޤީޤްކުރަން ފަށާފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި ހުއްޓާ ފެނުނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށެވެ. ނަމަވެސް އޭނާ އުމުރު ސާފުނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.  

 

މާމިގިލި ކައިރީގައި އޮންނަ ހޮލިޑޭ އައިލެންޑް ރިސޯޓަކީ ޤާސިމް އިބްރާހިމްގެ ވިލާ ރިސޯޓްސްއިން ހިންގާ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އެޑްމިން
- ކޮމެންޓް