ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 04:18
އާލިއާ އޭނާގެ ބައްޕައާއެކު
އާލިއާ އޭނާގެ ބައްޕައާއެކު
ގޫގުލް
ސަޑަކް 2
ސަޑަކް 2 ގައި ބައްޕައާއެކު މަސައްކަތް ކުރުމަށް ކެތް މަދުވެފައިވާ ކަމަށް އާލިއާ ބުނެފި
ފިލްމަކީ އާލިއާގެ ބައްޕަ ޑައިރެކްޓް ކުރާ ފިލްމެއް
ސަޑަކްގެ އެއްވަނަ ބަޔަށް އޭރު ވަނީ ބޮޑު ތަރުހީބެއް ލިބިފައި

1991 ވަނަ އުފައްދަފައިވާ ކާމިޔާބު ފިލްމް "ސަޑަކް" ގެ ދެވަނަ ބައިގައި އޭނާގެ ބައްޕަ މަހޭޝް ބަޓްއާއެކު މަސައްކަތް ކުރުމަށް ކެތް މަދުވެފައިވާ ކަމަށް އާލިއާ ބަޓް ބުނެފިއެވެ.

އާލިއާ ބުނީ ސަޑަކް 2 ގެ ފިލްމުގެ ސެޓްގައި އޭނާގެ ބައްޕައާއެކު މަސައްކަތް ކުރުމަށް ކެތް މަދުވެފައި ހުރި ކަމަށެވެ. އަދި މަސައްކަތް ކުރާއިރު ބައްޕަގެ ފަރާތުން ވަރަށް ތަފާތު "އެނާޖީ" އެއް ފެނިގެންދާނެ ކަމަށް ވެސް އާލިއާ ބުންޏެވެ.

މި ފިލްމަކީ އާލިއާގެ ބައްޕަ ޑައިރެކްޓް ކުރާ ފިލްމެކެވެ. އަދި 1991 ވަނަ އަހަރު އުފެއްދި ސަޑަކް ފިލްމް ވެސް އޭނާ ޑައިރެކްޓްކޮށްފައިވާއިރު އެ ފިލްމްގައި ޕޫޖާ އާއި ސަންޖޭ ވަނީ މުހިންމު ރޯލުތަކެއް އަދާކޮށްދީފައެވެ.

ސަޑަކްގެ ފުރަތަމަ ފިލްމުން ފެނިގެންދަނީ ޓެކްސީ ޑްރައިވަރެއް އޭނަ ލޯބިވާ އަންހެންކުއްޖާގެ ގެއަށް ހަށިވިއްކުމަށް އަންނަ ފިރިހެނުންގެ ކިބައިން އެ އަންހެންކުއްޖާއަށް ކުރިމަތިވަމުން އައި ޖިންސީ ގޯނާތަކުން ސަލާމަތްކޮށްދިނުމަށް ކުރާ މަސައްކަތްތަކާއި އެކަމުގެ ތެރޭގައި ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭ މަންޒަރެވެ. އެ ފިލްމުގައި މަހޭޝްގެ އަންހެނުން އަދި އާލިއާގެ މަންމަ ސޯނީ ރަޒްދާން ކުޑަ ރޯލެއް އަދާކޮށްފައިވެއެވެ.

އެހެންނަމަވެސް ހަބަރުތައް ބުނާ ގޮތުން ސަޑަކް 2 ގައި ހިމެނޭނީ ދިރިއުޅުމުގައި އުފެދޭ ލޯތްބާއި، ލޯބިވާ މީހަކު ވަކިވެދިޔުމުން ވެރިވެގެންދާ އިހްސާސްތަކާއި އެ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރާ މަންޒަރުތަކެވެ.

"ސަޑަކް" ވެފައި ވަނީ 1991 ވަނަ އަހަރު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ ފިލްމަށެވެ. ސަޑަކް 2 ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ މާރޗް މަހުގައެވެ.

 

- ކޮމެންޓް