ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 09:55
ޕީހޫގެ ޓްރެއިލާ
ޕީހޫގެ ޓްރެއިލާ
މުހައްމަދު ޝަރުހާން
ބޮލީވުޑް
ޕީހޫގެ ޓްރެއިލާއަށް އެންމެންގެ ސަމާލުކަން
ޓްރެއިލާގައި ފެނިގެން ދަނީ ތުއްތު ކުއްޖަކު ގޭތެރޭގައި އެކަނި އުޅެމުންދާ މަންޒަރު

އަންނަ ނޮވެންބަރު މަހުގެ 16 ވަނަ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ޕީހޫ" ގެ ޓްރެއިލާއަށް އެންމެންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

އެ ޓްރެއިލާގައި ފެނިގެން ދަނީ ތުއްތު ކުއްޖަކު ގޭތެރޭގައި އެކަނި އުޅެމުންދާ މަންޒަރެވެ.

މި ޓްރެއިލާ ބެލި ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ މި ފިލްމަކީ ކޮންމެހެން ބަލަން ޖެހޭ ފިލްމެއް ކަމަށް ޓްވީޓް ކޮށްފައެވެ.

ޓްރެއިލާ ފެށޭއިރު ފެނިގެން ދަނީ ދެއަހަރުގެ ތުއްތު އަންހެން ކުއްޖަކު (ޕީހޫ) ހޭލައިގެން އޭނާގެ ބޭލޫން އާކުޅޭ މަންޒަރެވެ. އެއަށްފަހު ޓީވީ ހުޅުވާ އޭނާގެ ފޭވަރިޓް ލަވަ އަކަށް ޓީވީ ބަލައިގެން ނަށަން ފަށައެވެ. އަދި ގޭތެރޭގައި އެކަނި ހުރެ އެއްޗިއްސާ ކުޅޭ މަންޒަރު ފެނިގެން ދެއެވެ. ބަލާބެލުމަށް އެނިގިގެން ދަނީ އެކުއްޖާ ހުރީ ގޭގައި އެކަނި ކަމެވެ. އެނދުގައި އޮށޯވެގެން ޚަބަރުވެސް ވެފައި އޮތް އަންހެނަކު އޮއްވާފެނެއެވެ. އެކުއްޖާ އެ އަންހެން މީހާގެ ކައިރިއަށް ގޮސް މަންމާއޭ ތެދުވާށެ ގޮވާ އަތުގައި ހިފާ މޫނުގައި އަތްލާ ހަދާ މަންޒަރު ފެނެއެވެ. ނަމަވެސް އެ އަންހެން މީހާއެއް ނުތެދުވެއެވެ.

އަދި ޕީހޫ އެކަނި ގޮސް ފްރިޖްހުޅުވާ ފްރިޖް ތެރެއަށް ވަދެ ދޮރުފަތް ލައްޕައެވެ. ކުޑަ އިރުކޮޅަކުން ފްރިޖްގެ ދޮރުފަތް ނުހުޅުވިގެން އުޅޭ މަންޒަރު ވެސް ފެނުގެން ދެއެވެ. ކޮންމެވެސް ގޮތަކުން ފްރިޖް ދޮރު ހުޅުވިގެން ޕްރިޖުން ބޭރަށް ނުކުމެވުމުން ކަރަންޓް ސްވިޗެއް އޮން ފެނިގެން ދެއެވެ. އަދި އަމިއްލައަށް ކާއެއްޗެއް ތައްޔާރު ކުރުމަށް ފުރަތަމަ މައިކްރޯ ވޭވް އަދި ފަހުން ގޭސް އުނދުން ރޯކުރާ މަންޒަރު ފެނިގެން ދެއެވެ.

އުނދުނުގެ އަލިފާންގަނޑު ޕީހޫގެ ކައިރިން ފެނުމުން ޓްރެއިލާ ބަލާ މީހުންގެ ހިތް ނުތަނަވަސް ވެގެން ދާނެ ކަމަށް ޔަގީނެވެ.

ޓްރެއިލާގައި ޕީހޫ ފެނިގެން ދަނީ ގޭތެރޭގައި ތަންތަނަށް އަރަން އުޅެނިކޮށް ވެއްޓި އޭނާގެ އަތުން އެއްޗިހިތައް ވެއްޓޭ މަންޒަރު ފެނިގެން ދެއެވެ. އަދި ޕީހޫގެ އަތުގައި އޮތް ޑޯލް އެ އުސް އިމާރާތުގެ ބެލްކަނިން ވެއްޓޭ މަންޒަރު ފެނެއެވެ.

ޓްރެއިލާ ނިމޭއިރު ފެނިގެން ދަނީ ޑޯލް ނެގުމަށް ޕީހޫ ބެލްކަނީގައި ޖަހަފައި ހުރި ހޮޅިތަކުގެ މައްޗަށް އަރަނިކޮށް ފައި ކައްސާލާ މަންޒަރެވެ. ހަމަ ޔަގީނުންވެސް މި މަޒަރު ވެގެން ދާނީ އެންމެންގެ ހިތްނުތަނަވަސް ވެގެންދާ މަމްޒަރަކަށެވެ.

މި ޓްރެއިލާ އަށް ތައުރީފް ކޮށްފައިވާ ބޮލީވުޑްގެ ތަރިންގެ ތެރޭގައި އަމީތާބް ބަޗަން، މަދުރު ބަންދާކަރް ބޫމީ ޕެޑްނޭކަރު، ޝްރިޔާސް ޓަލްޕޭޑް، ސްވަރާ ބާސްކަރު، ޓިސްކާ ޗޯޕްރާ، އާދިލް ހުސައިން، އަބީޝެކް ކަޕޫރުގެ އިތުރުންވެސް ގިނަ ތަރިން ހިމެނެއެވެ.

ރޮނީ ސްކްރިއުވާލާ އަދި ސިދާތް ރޯއީ ކަޕޫރު ޕްރޮޑިއުސް ކުރާ މި ފިލްމްގެ ޑައިރެކްޓަރަކީ ވިނީދް ކެޕްރީ އެވެ.

- ކޮމެންޓް