ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 17:43
މަންތާ އެއަރ އިން ގަތް އޭޓީއާރް 600-72 މަރުކާގެ ބޯޓް
މަންތާ އެއަރ އިން ގަތް އޭޓީއާރް 600-72 މަރުކާގެ ބޯޓް
ކޯޕަރޭޓް މޯލްޑިވްސް
މަންތާ އެއަރ
މަންތާ އެއަރގެ ދަތުރުތައް ޑިސެމްބަރު މަހުގެ ފަހު ކޮޅު ފަށަނީ!
އެއަރލައިންގެ އަމާޒަކީ ރަނގަޅު އަގެއްގައި އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުން
މަންތާ އެއަރ އިން ވަނީ ދާދި ފަހުން އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓު ގަނެފައި

މަންތާ އެއަރގެ ދަތުރުތައް ޑިސެމްބަރު މަހުގެ ފަހު ކޮޅު ފަށަން ތައްޔާރުވެއްޖެއެވެ.

މަންތާ އެއަރގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް ވިދާޅުވީ ދަތުރުތައް ފެއްޓުމަށްޓަކައި މިހާރު އެ ކުންފުނިން މުވައްޒަފުން މަޤާމުތަކަށް އައްޔަންކޮށް ޓްރެއިނިންގްތައް ފަށާފައިވާ ކަމަށާއި އެ އެއަރލައިންގެ އަމާޒަކީ ރަނގަޅު އަގެއްގައި އާންމުންނަށް ހިދުމަތް ފޯރުކޮށް ދިނުން ކަމުގައެވެ.

މަންތާ އެއަރ އިން ވަނީ ދާދި ފަހުން އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓު ގަނެފައެވެ. ފުރަތަމަ ބޯޓް ރާއްޖެ ގެނުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބޯޓް ޑިސެމްބަރު މަހު އަންނާނެ ކަމަށް ވެސް އެ ފަރާތުން މައުލޫމާތުދެއެވެ.

މަންތާ އެއަރ އިން ބުނީ އެ ކުންފުނިން ގެންނަ ބޯޓުތަކުގެ ޖާގަ 62 ސީޓަށް މަދުކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ބޯޓުގެ ޖާގަ ބޮޑު ކުރުމަށް ކަމަށާއި ބިޒްނަސް ކުލާހާއި އިކޮނޮމީ ކުލާހުގައި ދަތުރު ކުރެވޭނެ ކަމަށް މަންތާ އިން ބުންޏެވެ.

އެ އެއަރލައިނުން ފުރަތަމަ ދަތުރު ފަށަނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއަރޕޯޓަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް