ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 05:17
ެރެސްޓޯރެންޓް ޅުއްވައިދެއްވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންގްމޭޓް ފައިސަލް ނަސީމް
ެރެސްޓޯރެންޓް ޅުއްވައިދެއްވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންގްމޭޓް ފައިސަލް ނަސީމް
މުހައްމަދު ޝަރުހާން
ޓޭސްޓް އޮފް އިޓަލީ
ޓޭސްޓް އޮފް އިޓަލީ ރެސްޓޯރެންޓް ހުޅުވައިފި
އެއީ ބައިސަން ކުންފުނީގެ ފަރާތުން ހުޅުވި ރެސްޓޯރެންޓެއް
ރެސްޓޯރެންޓް ހުންނަނީ ސަމަރސެޓް ހޮޓެލް ކައިރީގައި
ރެސްޓޯރެންޓް ހުޅުވައިދެއްވީ އިންތިޚާބީ ރައީސް އާއި އިންތިޚާބީ ނައިބު ރައީސް

ޓޭސްޓް އޮފް އިޓަލީގެ ނަމުގައި މާލޭގައި ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

މި ރެސްޓޯރެންޓް ބުދަ ދުވަހުގެ ރޭ ހުޅުއްވައިދެއްވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ. 

މިއީ ރާއްޖޭގެ މަޝްހޫރު ބައިސަން ކުންފުނީގެ ފަރާތުން ހުޅުވި ފުރަތަމަ ރެސްޓޯރެންޓެވެ. މިތަން ހުންނަނީ ސަމަރސެޓް ހޮޓެލް ހުންނަ ކެނެރީ މަގުގަ އެވެ. 

ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށްފަހު އިންތިހާބީ ރައީސް އާއި އިންތިޚާބީ ނައިބު ރައީސް ވަނީ އެތަނުގެ ސްޓާފުންނާއި ރެސްޓޯރެންޓަށް ގޮސްތިބި މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ރެސްޓޯރެންޓް ވެސް ބައްލަވާލެއްވި އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް