ބޮލީވުޑްގެ ތަރި އާލިއާ ބަޓް އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ އާއިލާ އާއި އެކު ނިއުޔޯކްގައި ރޭގަނޑުގެ ކެއުމަކަށް ވަނީ ގޮސްފައެވެ.
އާލިއާ ހިނިތުން ވެފައި ހުރެ ނަގާފައިވާ ފޮޓޯތަކުގައި ރަންބީރުގެ އިތުރުން އޭނާގެ ބައްޕަ ރިޝީ ކަޕޫރާއި މަންމަ ނީތޫ ކަޕޫރު ފެނިގެން ދެއެވެ.
ރަންބީރުގެ އާލިއާ ނިއުޔޯކަށް ގޮސްފައި ވަނީ ރަންބީރަށް ސަޕޯޓް ދިނުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.
ރަންބީރު ނިއުޔޯކަށް ގޮސްފައި ވަނީ އޭނާގެ ބައްޕަގެ ބޭސްފަރުވާއަށެވެ.
ރަންބީރާއި އާލިއާ ރައްޓެހިވެގެން އުޅޭ ކަމަށް ރަންބީރު ވަނީ ޖީކިއު އަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
އާލިއާ އާއި ރަންބީރު އެކުގައި ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަޔާން މުކަރްޖީގެ ބްރަމާސްތްރާ އިންނެވެ.
މި ފިލްމުގައި އާލިއާ އާއި ރަންބީރުގެ އިތުރުން ދެން ފެނިގެން ދާނީ އަމީތާބް ބަޗަން އަދި މޯނީ ރޯއީ އެވެ.