Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2017 | ހޮނިހިރު 18:03
ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓްގެ ތެެރެއިން-- ކުޅުދުއްފުށި.ކޮމް
ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓްގެ ތެެރެއިން-- ކުޅުދުއްފުށި.ކޮމް
ގޫގުލް
ކުޅުދުއްފުށި
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
އެކްސިޑެންޓްވީ ކަރަކާއި ސައިކަލެއް ޖެހިގެން
ސައިކަލް ދުއްވަންއިން މީހާގެ ފަޔަށް ލިބުނު ގެއްލުމަށް ފަރުވާ ކުރުމަށް މާލެ ގެންނަނީ

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝިދު، މިހާރު ކުޅުދުއްފުއްޓަށް ކުރަމުންވަމުން ގެންދަވާ ދަތުރުގައި އޭނާ އިންނެވި ކަމަށް ބުނާ ކާރު އެކްސިޑެންޓް ވެއްޖެ އެވެ.

 

ހޮނިހިރު ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ބުނީ އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންގެ މީޑިއާއަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ނުދެ އެވެ.

 

ފުލުހުންގެ މިޑިއާއަށް ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

 

އެ އެކްސިޑެންޓާ ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓެއް ވެގެން މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ފަރުވާދެމުންދާ މީހާގެ ފުރާނަށް ގެއްލުންވާފަދަ ކަމެއް ނެތް ކަމަށާއި ގެއްލުން ވެފައިވަނީ އެކްސިޑެންޓްވި މީހާގެ ފަޔަށް ކަމަށެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު ގާތްގަނޑަކަށް 11:00 ޖަހާއިރު ކުޅުދުއްފުށީ ހަސަނާތު މިސްކިތް ކައިރީގައި ސައިކަލަކާ ކާރެއް ޖެހިގެންނެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ސައިކަލް ދުއްވަން އިން މީހާއަށް ކަމަށް ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް