ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 11:42
ނިއުގެ ކީޕަރު އިމްރާން މުހައްމަދު
ނިއުގެ ކީޕަރު އިމްރާން މުހައްމަދު
އަވަސް
އިމްރާން މުހައްމަދު
ހިދުމަތް ނުލިބޭ ކަމަށް ބުނެ އިންމަގެ އެއްބަސްވުން ނިއު އިން ބާތިލުކޮށްފި
މުސާރައިގެ މައްސަލައިގައި އިންމަ ވަނީ އެފްއޭއެމް އަށް ސިޓީ ލާފައި
އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންމަ ފަރިތަކުރުމަށް ނުދޭ

ހިދުމަތް ނުލިބޭ ކަމަށް ބުނެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކީޕަރު އިމްރާން މުހައްމަދު (އިންމަ)ގެ އެއްބަސްވުން އެ ކްލަބުން ބާތިލުކޮށްފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނިއުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވިދާޅުވީ، އިންމަގެ ހިދުމަތް ކްލަބަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާތީ، ކްލަބުން އޭނާގެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ، އިންމަ ޓީމަށް ސޮއިކުރިއިރު އޭނާގެ މުސާރައިގެ 70 އިންސައްތަ ކަމަށްވާ ހަތަރު ލައްކަ ރުފިޔާ ދީފައިވާނެ ކަމަށާއި، ބާކީ ފައިސާ ދިނުމަށް ނިންމީ ތިން ބަޔަކަށް ބެހުމަށް ފަހު ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ބަޔަކަށް ބެހުމަށް ފަހު އިންމަ އަށް ނިއު އިން ދޭން އެއްބަސްވި ފައިސާގެ ތެރެއިން ދެބައިގެ ޑިއު ޑޭޓް ހަމަވިއިރު ވެސް އޭނާ އަށް އެ ފައިސާ ނުލިބެއެވެ. އެގޮތުން ފުރަތަމަ ބައި އޭޕްރީލް މަހު ހަމަވިއިރު، ދެވަނަ ބައި ހަމަވީ އޯގަސްޓް މަހުއެވެ. އިންމަ އޭނާ ވަނީ ދާދި ފަހުން މުސާރައިގެ މައްސަލަ ހައްލުކޮށްދިނުމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިޓީއެއްވެސް ލާފައެވެ. 

ރާއްޖޭ ގައުމީ ޓީމަށް ވެސް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އިންމަ ބުނީ މުސާރައިގެ މައްސަލަ ހައްލުކޮށްދިނުމަށް އެކިފަހަރު މަތިން މަސައްކަތްކޮށްފައިވާނެ ކަމަށާއި، އެހެންނަމަވެސް ނިއުގެ އެއްބާރުލުން އޭނާ އަށް ނުލިބޭ ކަމަށެވެ.

ނިއު އިން ބުނީ އޯގަސްޓް އެއްވަނަ ދުވަހުން ފެށިގެން އިންމަގެ ހިދުމަތް ޓީމަށް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް އިންމަ ބުނީ ޗުއްޓީއަކަށްފަހު ޓީމުގެ ފަރިތަކުރުންތައް ފެށީ ސެޕްޓެމްބަރު 16 ގައި ކަމަށާއި، އޯގަސްޓް މަހު ފަރިތަކުރުންތައް ނުބާއްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް